ޕްރޮފިޝަނަލް ޑިވެލޮޕްމަންޓްގެ ޚަރަކާތްތައް ރ. އަތޮޅުގެ ހުރިހާ ސްކޫލެއްގައިވެސް އޮގަސްޓް 5 ވަނަ ދުވަހު ކުރިއަށް ގެންދެވުނެއެވެ. މިޚަރަކާތްތަކުގައި ސެޝަންތައް ނަގާދެއްވީ ކޮންމެ ސްކޫލެއްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކޯޑިނޭޓަރާއި ސްކޫލްތަކުގައި ތިބި ކަމަށް އެކަށޭނަ ޤާބިލުމީހުންނެވެ.

ކޮންމެ ޓީޗަރަކު އަހަރަކު ހަމަކުރަންޖެހޭ ޕްރޮފިޝަނަލް ޑިވެލޮޕްމަންޓްގެ 15 ގަޑިއިރު ހަމަކުރުމުގެ ގޮތުން އެންމެފަހުން މިހިންގުނު ޚަރަކާތް ނިމުމުނުއިރު ސްކޫލްތަކުގައި މަސައްކަތްކުރާ ގިނަ ޓީޗަރުންވަނީ ކަނޑައަޅާފައިވާ 15 ގަޑިއިރު ހަމަވެފައެވެ. މި ޚަރަކާތްތައް ސްކޫލްތަކުގައި ހިނގަމުންދަނީ ރ. އަތޮޅު ޓީޗަރ ރިސޯސް ސެންޓަރގެ ބެލުމުގެ ދަށުންނެވެ.


0 comments: